ކާފަރުންނާއި ބެހޭގޮތުން ވާރިދުވެފައިވާ އާޔަތްތައް މުސްލިމުންނަށް ނިސްބަތް ކުރުމަކީ ހަރުކަށި ޖަމާޢަތްތަކުގެ ޢަޤީދާ: ޝައިޚް ސަމީރު

ކާފަރުންނާއި ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ އާޔަތްތައް މުސްލިމުންގެ ވަކިވަކި ފަރުދުންނަށް ނިސްބަތްވާގޮތަށް ތަރުޖަމާކޮށް، ފެއްތުމަކީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާޢަތްތަކުގެ ޢަޤީދާކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް މިއަދު އެބޭފުޅާގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ ދީނީގޮތުން މުސްލިމުންނަށް ނަމޫނާ ދައްކަން ތިއްބަވާ ބޭފުޅުން މިފަދަ ކަންކަމުން ދުރުވެ ރައްކާތެރިވާން ޖެހޭނެކަމަށެވެ.

“ފިރުޢައުނާއި، ޤާރޫނާއި، ހާމާނާއި، މިނޫންވެސް ކާފަރުންނާއި ބެހޭގޮތުން ޤުރްއާނުގައި ވާރިދުވެފައިވާ އާޔަތްތައް މުސްލިމުންގެ ވަކި ފަރުދުންނަށް ނިސްބަތްވާގޮތަށް ތަރުޖަމާކޮށް، ފެއްތުމަކީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާޢަތްތަކުގެ ޢަޤީދާއެވެ. ދީނީގޮތުން މުސްލިމުންނަށް ނަމޫނާ ދައްކަން ތިއްބަވާ ބޭފުޅުން މިފަދަ ކަންކަމުން ދުރުވެ ރައްކާތެރިވާން ޖެހޭނެއެވެ” ޝައިޚް ވިދާޅުވެފައިވެއެވެ.