އިސްލާމީ ޝަރީޢަތުގެ އަސްލަކުން ސާބިތުވާ އެއްވެސް ޙުކުމަކަށް އިންކާރު ކުރާކަން ފާޅުވެފައިވާ މީހަކު އިސްލާމީ ޤައުމެއްގެ ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ކެމްޕެއިން ކުރުން ހުއްދަވެގެން ނުވާކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
އަންނަން އޮތް ރައްޔިތުންގެ މަޖިލީހުގެ އެކިއެކި ދާއިރާތަކަށް ކެމްޕެއިން ފަށާފައިވާއިރު ޝައިޚް ސަމީރު މިރޭ ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ﷲ ގެ ޝަރީޢަތުގެ ޙުކުމަކަށް އިންކާރު ކުރާމީހަކަށް ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ކެމްޕެއިން ކުރުމުގެ އިތުރުން އެފަދަ މީހަކަށް ވޯޓު ދިނުންވެސް ހުއްދަވެގެން ނުވާކަމަށާއި ޤާނޫނުއަސާސީ ބުނާގޮތުންވެސް އެފަދަ މީހަކު ރައްޔިތުންގެ މަޖިލީހަށް ޝަރުތު ހަމަވެގެން ނުވާކަމަށެވެ.
“އިސްލާމީ ޝަރީޢަތުގެ އަސްލަކުން ސާބިތުވާ އެއްވެސް ޙުކުމަކަށް އިންކާރު ކުރާކަން ފާޅުވެފައިވާ މީހަކު އިސްލާމީ ޤައުމެއްގެ ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ކެމްޕެއިން ކުރުމާއި ވޯޓު ދިނުން ހުއްދަވެގެން ނުވެއެވެ. ޤާނޫނުއަސާސީ ބުނާގޮތުންވެސް އެފަދަ މީހަކު ރައްޔިތުންގެ މަޖިލީހަށް ޝަރުތު ހަމަވެގެން ނުވެއެވެ.” ޝައިޚް ސަމީރު ކުރެއްވި ޓްވީޓުގައި ވެއެވެ.
Islaamee Shariàh ge Aslakun Saabithuvaa evves Hukumakah inkaaru kuraakan faalhu vefaivaa meehaku islaamee Qaumegge Rayyithun majleehah genaumah Campain kurumaai vote dhinun Huddha vegen nuve eve.
QA bunaa gothun ves efadha meehaku rayyithun majleehah sharuthu Hama vegen nuve eve pic.twitter.com/Z4uJFaoVTk— Ahmed Sameer (@Ahmadhsameer) January 12, 2019