އިސްލާމްދީނަށް ވުރެ ބޮޑަށް ލޯބިކުރާ ފިކުރެއް އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށްވުރެ ބޮޑަށް ލޯބިވާ ލީޑަރެއް މުސްލިމަކަށް އޮވެގެން ނުވާނެކަމަށް އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
މުޖްތަމަޢުގައި ތަފާތު ފިކުރުތަކުގައި މީހުން ޣަރަޤުވަމުންގޮސް ﷲ ގެ ޤާނޫނުގެ ބަދަލުގައި ތަފާތު ވަޟުޢީ ޤާނޫނުތައް ހެދެމުމުންދާ ދިއުމަށް ޢިޝާރާތްވާގޮތަށް ޝައިޚް ޢަލީ ޒާހިރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ޤުރްއާނަށްވުރެ ބޮޑަށް އިޙްތިރާމުކުރާ ޤާނޫނެއްވެސް މުސްލިމަކަށް ނޯންނާނެކަމަށެވެ.
“އިސްލާމްދީނަށް ވުރެ ބޮޑަށް ލޯބިކުރާ ފިކުރެއް، ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށްވުރެ ބޮޑަށް ލޯބިވާ ލީޑަރެއް، ޤުރްއާނަށްވުރެ ބޮޑަށް އިޙްތިރާމުކުރާ ޤާނޫނެއް މުސްލިމަކަށް ނޯންނާނެއެވެ” ޝައިޚް ވިދާޅުވެފައިވެއެވެ.
Islam dheenah vure bodah loabi kura fikureh. Rasoola (S.A.W) ah vure bodah loabiva leader eh. Quran ah vure bodah ihthiraamu kura gaanooneh muslimakah noannaane eve.
— Ali Zahir bin Saeed (@alizahirsaeed) March 28, 2019
މަޖިލިސް އިންތިޚާބު މިހާ ކައިރިވެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަ ބެނާތަކާއި، ޕޯސްޓަރުތަކުގައި މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން ވަމުންދާ ތަފާތު ވަޢުދުތައް ހިމެނޭއިރު އޭގެތެރޭގައި އިސްލާމްދީނާއި ފުށުއަރާ ވަޢުދުތަކާއި ޝިޢާރުތައް ހުންނަކަން ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވެފައި، މުސްލިމުންގެ ތަބާވާންޖެހޭ އެއްޗަކީ އިސްލާމް ދީންކަމުގައިވީހިނދު، މުސްލިމުންގެ މެދުގައި ދިރުވާ އާލާކޮށް ދަމަހައްޓަންޖެހޭނީ މާތް ﷲ ގެ ފޮތާއި، އެކަލާނގެ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތެވެ. އަދި ކޮންމެ މުސްލިމަކުމެ އޭނާގެ އަމިއްލަށް ނަފްސާއި، އަނބިދަރީންނަށްވުރެ ބޮޑަށް ކީރިތި ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުމުން މެނުވީ އީމާންކަން ޞައްޙަ ނުވާނެތެވެ. ދީނުގެ އުގަންނައި ދިނުންތައް ހުރީ މިއުޞޫލަށް ކަމުގައިވީނަމަވެސް، ދިވެހިންގެ ގިނަ ބަޔަކަށް މިކަންކަންވަނީ އޮޅިފައެވެ. އަދި ސިޔާސީ ޕޯޑިއަމްތަކުގައި ގޮވާ ގޮވެލިތަކަކީ ދިރިއުޅުމުގެ އަސާސްކަމުގައި މީސްތަކުންނަށް ބުނެދީ، ވާ ވައްދަން ކުރެއްވެމުންދާ މަސައްކަތްތައްވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.