ޔޫރަޕިއަން މުސްލިމް ލީގުގެ ސުލްޙައިގެ ސަފީރަކަށް ސަލަފްގެ ރައީސް ހަމަޖައްސައިފި

ޔޫރަޕިއަން މުސްލިމް ލީގު (އީ.އެމް.އެލް) ގެ ފަރާތުން ރާއްޖެއަށް އައްޔަނުކުރާ އައު ސުލްހައިގެ ސަފީރެއްގެ ގޮތުގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ހަމަޖައްސައިފި އެވެ.

ޔޫރަޕިއަން މުސްލިމް ލީގު ގެ ފަރާތުން މިކަން އިޢުލާނުކޮށްފައިވަނީ މިއަދު އެޖަމްޢިއްޔާގެ ރަސްމީ ވެބްސައިޓުގަ އެވެ. އައު ސަފީރެއްގެ ގޮތުގައި ޝައިޚް ޢަބްދުﷲ ހަމަޖައްސަވައި، އެޖަމްޢިއްޔާގެ ރައީސް ޑޮކްޓަރ އަލްފްރޭޑޯ މައިއޮލީސް އާއި ސެކެޓްރީ ޖެނެރަލް ޑޮކްޓަރ ޔުވޯން ރިޑްލީ އަދި މި ލީގުގެ އެންމެހާ މެމްބަރުންވަނީ ޝައިޚް ޢަބްދުﷲ އަށް މަރުހަބާ ދަންނަވާފަ އެވެ.

އިސްލާމީ އެއްބައިވަންތަކަން“ މި ޝިޢާރުގެ ދަށުން  ޑިސެމްބަރު މަހުގެ 11 އިން 13  އަށް މައްކާގައި ކުރިއަށްދިޔަ  ކޮންފަރެންސެއްގައި ޝައިޚް ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މިކޮންފަރެންސުގެތެރެއިން ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި އިސްލާމްދީނުގެ ދަޢުވަތުގައި މަސައްކަތްކުރާ ބޮޑެތި ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި ޝައިޚް ޢަބްދުﷲ ވަނީ ބައްދަލުވެ ގުޅުން ޤާއިމުކޮށްފައެވެ.

 

 

 

(ފޮޓޯ: ޔޫރަޕިއަން މުސްލިމް ލީގު ގެ ރައީސް ޑޮކްޓަރ އަލްފްރޭޑޯ މައިއޮލީސް އަދި ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް