އިސްލާމުން ކޮންމެ އެއްޗެއްވެސް ކިރަންޖެހޭނީ ޝަރުޢީ މިންގަނޑުންކަމަށާއި އެގޮތުން ޢަދުލުވެރިކަމާއި އަނިޔާއަކީވެސް ޝަރުޢީ މިންގަނޑުން ކިރަންޖެހޭ ދެ ކަންތައްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަދުގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ދީނީ ބަހުސްތަކަށް އަމާޒުވާގޮތަށް މިއަދު ކުރެއްވި ޓްވީޓެއްގައި ޝައިޚް ޢަބްދުﷲ ވިދާޅުވީ ﷲ ބާވައިލެއްވި ޙުކުމްފުޅުތަކަކީ އަނިޔާކަމުގައި ސިފަކުރާ ބަޔާއި އެއްބައިނުވާ ކޮންމެ މީހަކީ އަނިޔާވެރިއެއްކަމުގައި ބުނުމަކީ އެންމެބޮޑު އަނިޔާކަމަށެވެ.
“އިސްލާމުން ކޮންމެ އެއްޗެއްވެސް ކިރާލަން ޖެހޭނީ ޝަރުޢީ މިންގަނޑުންނެވެ. އެގޮތުން ޢަދުލުވެރިކަމާއި އަނިޔާއަކީވެސް ޝަރުޢީ މިންގަނޑުން ކިރަންޖެހޭ ދެ ކަމެވެ. ބާވައިލެއްވި ޙުކުމްފުޅުތަކަކީ އަނިޔާކަމުގައި ސިފަކުރާ ބަޔާއި އެއްބައިނުވާ ކޮންމެ މީހަކީ އަނިޔާވެރިއެއްކަމުގައި ބުނުމަކީ އެންމެބޮޑު އަނިޔާއެވެ.” ޝައިޚް ޢަބްދުﷲ ވިދާޅުވެފައިވެއެވެ.
Islaamun komme Eccheh wes kiraalan jehenee Sharuee mingadunneve.egothun Adhulwerikama Aniyā aki wes Sharuee mingadun kiranjehey 2 kameve.Baawailewwi Hukumfulhu thakaki Aniyā kamugai Sifa kurā bayakā ebbaiNuwā komme meehaki Aniyāweri eh kamugai Bunumaki Emme bodu ANIYAA eve.
— Abdullah bin janaab (@binjanaab) August 11, 2018
ޝައިޚް ޢަބްދުﷲ ގެ މި ޓްވީޓަށް ބާރު ލިބޭ އިތުރު ޓްވީޓެއް މިއަދު ކުރައްވާފައިވެއެވެ. އެޓްވީޓުގައި ޝައިޚް ވިދާޅުވީ އިސްލާމްދީން ޙިމާޔަތް ކުރުމަށްޓަކައި ކޮންމެ ޒަމާނަކުވެސް އެއިރެއްގެ ޙާލަތުގެ މައްޗަށް ދީނުގެ ޙާމީން ﷲ ފޮނުއްވާކަމަށާއި ދީނުގެ ޙާމީންނަކީ ﷲ ނޫން ފަރާތަކަށް ބިރުގަންނާނެ ބައެއް ނޫންކަމަށެވެ. އަދި ދީނުގެ މަސްލަޙަތު ދޫކޮށް، ތިމާމެންގެ ޒާތީ މަސްލަޙަތު އިސްކުރާނޭބައެއްވެސް ނޫންކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.
Islāmdheen Himāyai kurumattakai komme zamānakuwes Eiregge Haalathuge macchah Dheenuge Haameen Allah Fonuwa eve.Dheenuge Haameennaki Allah noon farāthakah Birugannaāne bayeh nooneve.Dheenuge Maslahathu Dhookoh Thimāmenge zaathee Maslahathu Iskurāney bayeh wes nume noonme’ eve.
— Abdullah bin janaab (@binjanaab) August 11, 2018