ޖަމިއްޔަތުއް ސަލަފްގެ ފަރާތުން އިންތިޒާމްކޮށްގެން މިރޭ މާލޭގެ 12 މިސްކިތެއްގައި ދަރުސްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭ ޢިޝާ ނަމާދަށްފަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަރުސްތަކުގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހާއި ގުޅޭ ގޮތުންނެވެ.
މިރޭގެ ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ، ދަރުސްދެއްވާ ބޭފުޅުންނަކީ:
1- އައްޝައިޚް އަހުމަދު ސަމީރު އިބްރާހިމް، މަސްޖިދުލް ފުރުޤާން
2- އައްޝައިޚް ޝިހާމް މުހައްމަދު، ފަނޑިޔާރު މިސްކިތް
3- އައްޝައިޚް މުޙައްމަދު ސިނާން، ޠައިބާ މިސްކިތް
4- އައްޝައިޚް ނިމާލް މުޙައްމަދު، ޝަހީދު އަލީ މިސްކިތް
5- އައްޝައިޚް މުޙައްމަދު މަންސޫރު، މަސްޖިދުލް ޒިކުރާ (ޒިކުރާ މިސްކިތް)
6- އައްޝައިޚް މުހައްމަދު ޝާހިދު، މަސްޖިދުއްނޫރު (ނޫރު މިސްކިތް)
7- އައްޝައިޚް އިބްރާހިމް ރަޝީދު ހަސަަން، މަސްޖިދު އިބްރާހީމް (އިބްރާހީމް މިސްކިތް)
8- އައްޝައިޚް އަބްދުﷲ މިފްޒާލް، އިސްކަންދަރު މިސްކިތް
9- އައްޝައިޚް އަބްދުއްސަލާމް ދާވޫދު، ވިޔަފާރިވެރިންގެ މިސްކިތް
10- އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް، މަސްޖިދު ޖަލާލުއްދީން (ޖަލާލުއްދީން މިސްކިތް)
11- އައްޝައިޚް މުހައްމަދު މުޞްޠަފާ، ބަރުބަރީ މިސްކިތް
12- އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް، މަސްޖިދުއްޞަލާޙުއްދީން (ޞަލާހުއްދީން މިސްކިތް)
މިދަރުސްތަކުގެ ތަކުގެ ތެރެއިން، އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ގެ ދަރުސް، އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖް އިން ލައިވްކުރެވޭނެއެވެ.
މިދަރުސްތައް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ފަރާތްތަކުން ވަޑައިގަތުމަކީ، މިޖަމްޢިއްޔާގެ ވަރަށްބޮޑު އެދުމެކެވެ.