‘ރުޤްޔާ ސުވާލާއި ޖަވާބު’ މިރޭ އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލް އާއެކު

ޖަމްޢިއްޔަތުއްސަލަފްގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލް އާއެކު ރުޤްޔާއާއި ގުޅޭ ސުވާލާއި ޖަވާބު ޕްރޮގްރާމެއް މިރޭ 9:30 ގައި ސަލަފްގެ ސްޓޫޑިއޯއިން ގެނެސްދިނުމަށް ހަމަޖެހިއްޖެއެވެ.

‘ދަކޯލް 2018’ ގެ ޙަރަކާތްތަކުގެ ތެރެއިން އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވުނު ރުޤްޔާ ވޯކްޝޮޕްގައި ވަގުތު ނުވެގެން ޖަވާބު ނުދެވި ހުރި އެތައް ސުވާލުތަކަކަށް މިރޭގެ ޕްރޮގްރާމުގައި ޖަވާބު ލިބިގެންދާނެކަމަށް ‘ދަކޯލް 2018’ އިވެންޓް ކޯޑިނޭޓަރ ޝުޖާޢު މަޢުލޫމާތު ދެއްވައެވެ.

“ރުޤްޔާ ވޯކްޝޮޕްގައި ބައިވެރިވި ފަރާތްތަކުން ހުށަހަޅާފައިވާ ހުރިހާ ސުވާލުތަކަށް ވަގުތު ނުވުމުގެ ސަބަބުން ޖަވާބު ދެވޭގޮތް ވަނީ ނުވެފަ. މިރޭގެ ޕްރޮގްރާމުގައި ރުޤްޔާ ވޯކްޝޮޕްގައި ބައިވެރިން ކޮށްފަހުރި އަދި ޖަވާބުނުދެވިވާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ އިންޝާﷲ” –ޝުޖާޢު ވިދާޅުވިއެވެ.
އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލްއާއެކު ރުޤްޔާގެ ސުވާލާއި ޖަވާބު ޕްރޮގްރާމް އޮންނާނީ މިރޭ ޖަމްޢިއްޔަތުއްސަލަފްގެ ސްޓޫޑިއޯގައެވެ. މިޕްރޮގްރާމް ސަލަފްގެ ފޭސްބުކް ޕޭޖް އިންނާއި ޔޫޓިއުބް ޗެނަލް އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.