ބަނގުރަލުން ފެންވަރައި، އޫރުމަހުން ގައިއުނގުޅަން މުޅި ޙަޔާތް ހޭދަކުރާ މީހާ، ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފަޅި ސުކުންތުކޮޅެއްގައި ފުރައްސާރަކުރި މީހާއާއި އަޅާ ނުކިޔޭނެކަމަށް އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.
ޝައިޚް ޒަމްޒަމް ފާރިޝް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބަނގުރަލާއި އޫރުމަސް ވިއްކައި، ކައިބޮއެ ހެދުމަކީ ފާފައެއްކަމަށާއި ނަމަވެސް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމަކީ ކުފުރެއްކަމަށެވެ. އަދި ފާފަވެރިޔާ ކޮންމެވެސް ދުވަހަކުން ސުވަރުގެއަށް ވަންނާނެކަމަށާއި ނަމަވެސް ކުފުރުވެރިޔާ ދުވަހަކުވެސް ޖަހަންނަމައިން ނުނިކުންނާނެކަމަށެވެ.
“ބަނގުރަލުން ފެންވަރައި، އޫރުމަހުން ގައިއުނގުޅަން މުޅި ޙަޔާތް ހޭދަކުރާ މީހާ، ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފަޅި ސުކުންތުކޮޅެއްގައި ފުރައްސާރަކުރި މީހާއާއި އަޅާ ނުކިޔޭނެއެވެ. ބަނގުރަލާއި އޫރުމަސް ވިއްކައި، ކައިބޮއެ ހެދުމަކީ ފާފަ އެކެވެ. ނަމަވެސް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމަކީ ކުފުރެކެވެ. ފާފަވެރިޔާ ކޮންމެވެސް ދުވަހަކުން ޖަންނަތަށް ވަންނަ ހުއްޓެވެ. ކުފުރުވެރިޔާ ދުވަހަކުވެސް ޖަހަންނަމައިން ނުނިކުންނަ ހުއްޓެވެ.” ޝައިޚް ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
Banguralun fenvarai, Ooru mahun gai ungulhan mulhi hayaai heydhakuraa meehaa,
— ZamZamFarish – زمزم (@ZamZamFarish) March 28, 2019
Nabiyyaa صلى الله عليه وسلم ah falhi sikunthukolheggai furassaara kuri meehaa aa alhaa Nukiyeyne eve.
Banguralaai Ooru mas vikkai,… https://t.co/BLXaJyODp7
އަޅުގަނޑުމެންގެ މުޖްތަމަޢުގައި ބައެއް ލާދީނީ މީހުން އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާއިރު ބައެއް މީހުންނަށް އެކަން މާބޮޑު ކަމަށް ނުވެއެވެ. އިސްލާމްދީނަށާއި މާތްނަބިއްޔާ އަށް ފުރައްސާރަކޮށް އެބައިމީހުންގެ ޞަރީޙަ ކުފުރަށް ފަސްއަޅައި ފޮރުވުމަށްޓަކައި ބަނގުރާފަދަ ފާފައިގެ ވާހަކަ ދައްކައި ޢާއްމުނަށް އޮޅުވާލަން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގައި ބަނގުރަލާއި އޫރުމަސް ވިއްކައި، ކައިބޮއެ ހެދުމަކީ ފާފަ އެކެވެ. ނަމަވެސް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމަކީ ކުފުރެކެވެ.