ސަލަފް ރޯދަ ސުވާލު މުބާރާތްތަކުގެ ނަތީޖާ

1441 ވަނަ އަހަރުގެ ރަމަޟާންމަހު ޖަމްޢިއްޔަތުއްސަލަފުން ކުރިޔަށްގެންދިޔަ ސުވާލު މުބާރާތްތަކުގެ ނަތީޖާ އިއުލާނު ކޮށްފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރު 3 މުބާރާތެއް ކުރިއަށްގެންގޮސްފައި ވެއެވެ. އެއީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުރިޔައްގެންދިޔަ ދަނާރު ސުވާލު މުބާރާތާއި، ކޮންމެ އަހަރަކުވެސް ބާއްވާ ސަލަފް ރޯދަ ސުވާލު މުބާރާތާއި އަދި މި އަހަރު ގުރޭޑް 6-12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން މުޅިން އަލަށް ބޭއްވި ސްކޫލް ކުދިންގެ ޑޯންޓު ޑަސްކް ސުވާލު މުބާރާތެވެ.

“މިފަހަރުގެ މުބާރާތްތަކަށްވެސް ވަނީ އެކަށީގެންވާ ތަރުހީބެއް ލިބިފަ. އަޅުގަނޑުމެންގެ އުންމީދަކީ މި މުބާރާތްތަކުގެ ޒަރިއްޔާއިން ދިވެހި މުސްލިމު އަޚުންނާއި އުޚްތުންގެ ދީނީ މަޢުލޫމާތު މުއްސަނދި ކޮށްދިނުން” މުބާރާތްތަކުގެ ކޯޑިނޭޓަރ އަދި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީ މެމްބަރު މުޙައްމަދު ސުޖާއު ވިދާޅުވިއެވެ.

ދަނާރު ސުވާލު މުބާރާތުގައި އެވްރެޖްކޮށް 150 އަށް ވުރެން ގިނަ ބައިވެރިން ޖަވާބު ފޮނުފާފައިވާއިރު ގުރުއަތުން ވަނަވަނައަށް ހޮވުނު ފަރާތްތައް ތިރީގައި އެ ވަނީއެވެ.

ދަނާރު ސުވާލު މުބާރާތް 1441

އެއްވަނަ: އައިޝަތު ރާނިޔާ، ފުނަމާގެ / ދ. މީދޫ

ދެވަނަ: އަފްސީލާ ޙުސައިންފުޅު، ރަތްފުސްގެ / ރ. ދުވާފަރު

ތިންވަނަ: ފާޠިމަތު ފައުޒިއްޔާ، ޝަބްނަމީގެ / ހދ. ނޮޅިވަރަންފަރު

މީގެ އިތުރުން 1441 ވަނަ އަހަރުގެ ސަލަފް ރޯދަ ސުވާލު މުބާރާތުގެ ފުރަތަމަ ބުރުގައި 363 ފަރާތެއް ބައިވެރިވެފައިވާއިރު، ދެވަނަ ބުރުގައި 176 ފަރާތެއް އަދި ފަހު ބުރުގައި 121 ފަރާތެއް ބައިވެރި ވެފައި ވެއެވެ. މި މުބާރާތުގެ ނަތީޖާ ތިރީގައި އެވަނީއެވެ.

ސަލަފް ރޯދަ ސުވާލު މުބާރާތް 1441

އެއްވަނަ: ޝިރުހާމާ އިބްރާހީމް، މަހުމާވިލާ / ތ. ތިމަރަފުށި

ދެވަނަ: ޙުސައިން ޝާހު، ވިނަވި / ރ. ކިނޮޅަސް

ތިންވަނަ: ޢަބްދުލް ޣަނީ ޢަބްދުލް ވައްހާބް ވިނަވި / ރ. ކިނޮޅަސް

1441 ވަނަ އަހަރުގެ ރަމަޟާން މަހު މުޅިން އަލަށް ބޭއްވި ޑޯންޑު ޑަސްކް މުބާރާތަކީ 6 ހަފުތާއަކަށް ބަހާލައިގެން ކުރިއައްގެންދިޔަ މުބާރާތެކެވެ. މި މުބާރާތް ޚާއްސަކުރެވިފައިވަނީ ހަމައެކަނި ގުރޭޑު 6 ކުން 12 އާ ދެމެދުގެ ސްކޫލް ދަރިވަރުންނަށެވެ. މި މުބާރާތުގައި އެވަރެޖްކޮށް 71 ދަރިވަރުން އެކިއެކި ސްކޫލް އަދި ގްރޭޑްތަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ ވަނަވަނައަށް ގުރުއަތުން ހޮވުނު ދަރިވަރުންގެ ނަންތައް ތިރީގައި އެވަނީއެވެ.

ޑޯން ޓު ޑަސްކް ސުވާލު މުބާރާތް 1441

އެއްވަނަ: އަންމާރު ޢަބްދުﷲ، ކެނެރީގެ / ފ. ނިލަންދޫ / ފާފު އަތޮޅު ތަޢުލީމީ މަރުކަޒު – ގުރޭޑް 6

ދެވަނަ: ސަރާ މުޙައްމަދު ސަޢީދު، ނޫރާނީއާގެ / ލ. ގަން / ހަމަދުބިން ޚަލީފާ އައްޘާނީ ސްކޫލް – ގުރޭޑް 9

ތިންވަނަ: އިބްރާހީމް އިފާފް، ގުލޭނޫރަންމާގެ / އައްޑޫސިޓީ ފޭދޫ / އައްޑޫ ހައި ސްކޫލް – ގުރޭޑް 12

މިއިން ކޮންމެ މުބާރާތަކީވެސް އެއްވަނައަށް 1500 ރުފިޔާ، ދެވަނައަށް 1000 ރުފިޔާ އަދި ތިންވަނައަށް 500 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅައިފައިވާ މުބާރާތެކެވެ. ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.