ޤާނޫނުގެ އަތް ފޯރުވަނީ ބޭނުން މީހަކާހަމަޔަށް، ބޭނުން މިންވަރަކަށް: އައްޝައިޚް އަޙްމަދު ސަމީރު

ޤާނޫނުގެ އަތް ފޯރުވަނީ އެއަތުގެ މުލައްދަނޑި، ބޭނުން މީހަކާހަމަޔަށް، ބޭނުން މިންވަރަކަށްކަމަށާއި އެއީ މަކުނުވާފަދަ އެއްޗެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނުގައި ބެދި ހައްޔަރުވާނީ ނިކަމެތި ބަލިކަށި އެއްޗެހިކަމަށާއި ބާރުގަދަ ބޮޑެތި އެއްޗެހި، ޤާނޫނު ފޫވައްޓާލާފައި ދެމިގަންނާނެކަމަށެވެ.

“ޤާނޫނުގެ އަތް ފޯރުވަނީ އެއަތުގެ މުލައްދަނޑި، ބޭނުން މީހަކާހަމަޔަށް، ބޭނުން މިންވަރަކަށެވެ. އެއީ މަކުނުވާފަދަ އެއްޗެކެވެ. އޭގައި ބެދި ހައްޔަރުވާނީ ނިކަމެތި ބަލިކަށި އެއްޗެއްސެވެ. ބާރުގަދަ ބޮޑެތި އެއްޗެހި، ފޫވައްޓާލާފައި ދެމިގަންނާނެއެވެ.” ޝައިޚް ސަމީރު ވިދާޅުވެފައި ވެއެވެ.

ޝައިޚް ސަމީރު މިފަދައިން ވިދާޅުވެފައިވާއިރު ބޮޑެތި ކުށްތަކުގައި ޙުކުމްކޮށްފައި ތިބޭ ނުފޫޒުގަދަ ބައެއް މީހުން ކުއްލިއަކަށް މިނިވަންވާތަން ފެންނަމުންދެއެވެ. އަދި ބައެއް ކުށްތައް ކުރާ މީހުންވެސް އެއްވެސް ޙުކުމެއްނައިސް މިނިވަންކަމާއެކު މުޖްތަމަޢުގައި އުޅޭތަން ފެންނަމުންދެއެވެ. އަދި މިފަދަ ކަންކަމާއިގުޅިގެން ވަރަށްގިނަ ޢާއްމުން ސަރުކާރަށް ވަރަށްބޮޑަށް ފާޑު ކިޔަމުންދާކަން ފާހަގަ ކޮށްލެވެއެވެ.