އިސްލާމުދީނަށް ފުރައްސާރަކޮށް ރިފޯޓު ލިޔުނު އެމް.ޑީ.އެން.ގެ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ސަލަފުން ގޮވާލައިފި

މޯލްޑިވިއަން ޑިމްކޮރެސީ ނެޓްވޯރކު ( އެމް.ޑީ.އެން.) ކިޔާ މަދަނީ ޖަމްޢިއްޔާއަކުން މީގެ އަހަރުތަކެއް ކުރިން ތައްޔާރުކޮށް ޝާއިޢު ކުރަމުން އައި “ޕްރިލިމިނަރީ އެސެސްމަންޓްއޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ތައްޔާރުކޮށްފައިވާ ރިޕޯޓު ލިޔުނު ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ އެކަން އަވަސްކުރުމަށް ސަރުކާރަށް ޖަމްޢިއްޔަތުއް ސަލަފުން ގޮވާލައިފިއެވެ. މިކަމަށް ގޮވާލާފައިވަނީ އެ ޖަމްޢިއްޔާގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައެވެ.

“ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އިސްލާމުދީނަށް ފުރައްސާރަކޮށް ރިފޯޓެއް ނެރުމާއި ގުޅިގެން ގިނަ ރައްޔިތުންތަކެއްގެ މިންނެއް މަސައްކަތުން ސަރުކާރަށް ކުރިމަތިވި ފިއްތުންތަކަށް އުވާލާފައިވާ މޯލްޑިވިއަން ޑިމްކޮރެސީ ނެޓްވޯރކް (އެމް.ޑީ.އެން) ކިޔާ މަދަނީ ޖަމްޢިއްޔާގެ އިސްފަރާތްތަކާއި އަދި އެ ޢަދާވާތްތެރި ނަފްރަތުން ފުރިގެންވި ރިފޯޓު ލިޔުމުގައި ޝާމިލުވި ފަރާތްތަކާއި ދެކޮޅަށް ތަޙްޤީޤު ކޮށް ފިޔަވަޅު އެޅުން ލަސްވަމުންދާތީ އެކަމާއި މެދު ޖަމްޢިއްޔަތުއް ސަލަފުންކަންބޮޑުވާކަން ހާމަކުރަމެވެ. މީގެ  ހަ މަސް ދުވަސްކުރިން  19 ޑިސެމްބަރ 2019 ގައި ދިވެހި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ)އާ ހަވާލާދީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އެމް.ޑީ.އެން އުވާލާފައިވާއިރު މިހާދިގު މުއްދަތެއް ފާއިތުވިއިރުވެސް އެ ބޮޑު ޖަރީމާ ހިންގި ފަރާތްތަކާއި މެދު ކުރެވޭ ތަޙްޤީޤާއިބެހޭ ގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން އިތުރު މަޢުލޫމާތެއް ހާމަކޮށްފައި ނެތުމަކީ އެކަމާއިމެދު ދިވެހިންގެ ހިތުގައި އެތައް ސުވާލެއް އުފެދޭނެ ކަމެއްކަން ކަށަވަރެވެ. އެހެނީދިވެހި ދިދަ ވިހުރުވޭ ދިވެހި ބިމުގައި ބަޔަކަށް ކުރެވޭނެ އެންމެ ބޮޑު ޖަރީމާއަކީ ދިވެހިޤައުމިއްޔަތުގެ އަސާސީ ބަހާ ކަމަށްވާ މާތްވެގެންވާ އިސްލާމުދީނަށް ފުރައްސާރަކުރުންކަމަށްވާއިރު މިފަދަ ޚުޠޫރަތްތެރި ބޮޑު ޖަރީމާއެއް ހިންގި ބަޔަކާއިމެދު އަވަސް ޤަނޫނީ ފިޔަވަޅު ނޭޅި ފާއިތުވާ ކޮންމެ ފަޅި ސިކުންތަކީ އެކަމުގެ ސަބަބުން ކޮންމެ ދިވެހި މުޢާޠިނެއްގެ ހިތަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެގެންދާނެކަމެކެވެ” މިއަދު ސަލަފުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.”

އަދި ކޮވިޑް 19 ގެ ސަބަބުން ޤައުމު މިފަދަ ނާޒުކު ވަގުތެއް ކަޑައްތުކުރަމުން އަންނަ އިރު އެމް.ޑީ.އެން. ގެ ނަމުގައި ސަރުކާރަށް ގޮންޖަހާ ފާޑު ފާޑުގެ އެކި ވައްތަރުގެ ބަޔާންތައް ނެރެމުން އަންނަކަމަށްވެސް ސަލަފުގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އިސްލާމުދީނަށް ފުރައްސާރަކޮށް ނެރެފައިވާ އެ ރިފޯޓު ތައްޔާރުކުރި އެންމެހައި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް އަވަހަށް ގެނައުމަށް ރައީސުލްޖުމުހުރިއްޔާ އާއި ހޯމް މިނިސްޓަރަށް ގޮވާލާފައިވާ އެ ބާޔާން ނިންމާލަމުން އެރިފޯޓު ލިޔުނު ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޤައުމީ އެއްބައިވަންތަ ޙަރާކާތެއް ކުރަން ޖެހިއްޖެނަމަ އެކަމަށް ތައްޔާރަށް ތިބުމަށް ރައްޔިތުނަށް އިލްތިމާސްކޮށްފައިވެއެވެ.

އެމް.ޑީ.އެން އުވާލަން ފާއިތުވި 2019 ވަނަ އަހަރު ރާއްޖޭގެ އެތަށް ކައުންސިލު އިދާރާތަކާއި އަދި އާއްމު އެތަށް ރައްޔިތުންނެތް ވަނީ ގޮވާލާފައެވެ. އަދި ޓުވިޓާއާއި މީސްމީޑިޔާގެ އެކި ވަޞީލަތްތަކުން ބޭން އެމް.ޑީ.އެން. ގެ ނަމުގައި ބޮޑު ކެންޕޭނެއްވެސް ވަނީ ގެންގޮސްފައެވެ.

ސަލަފުގެ ބަޔާން ކިޔާލުމަށް ފިތާލައްވާ