ޖަމްޢިއްޔަތުއްސަލަފް އިން ކުރިޔަށް ގެންދާ ސުވާލާއި ޖަވާބުގެ 500 ވަނަ ޢަދަދު މިއަދު ޢާންމުކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ވައިބަރ ޕަބްލިކް ގުރޫޕަށް ޚާއްޞަކޮށްގެން ކުރިޔަށް ގެންދާ ސަލަފް ކިއު.އޭ ގެ 500 ވަނަ ސުވާލަށް ޖަވާބު ދެއްވާފައިވަނީ ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމެވެ. ކައިވެނިކޮށްފައި އެއްދާންކުރުމުގެ ކުރިން ވަރިކޮށްފިނަމަ ޢިއްދާގައި އިންނަންޖެހޭނެތޯއާ ގުޅޭސުވާލަށް ޖަވާބުދެއްވަމުން، އެޙާލަތުގައި ޢިއްދާގައި އިންނަން ނުޖެހޭނެކަމަށް ޝައިޚް ބަޔާންކޮށްފައިވެއެވެ.
ސަލަފް ކިއު.އޭ އަކީ ރާއްޖޭގެ ފުންނާބުއުސް ޢިލްމުވެރިން ހިމަނައިގެން ކުރިއަށްގެންދާ ސުވާލާއި ޖަވާބުގެ ސީރީޒްއެކެވެ.
ސަލަފް ކިއު.އޭ ގެ 500 ވަނަ ޢަދަދު ޢާންމުކޮށްފި
