ޢާއިލާތަކަށް އެހީވުމުގެ ޚާއްޞަ ޕްރޮގްރާމެއް ސަލަފުން ފަށަނީ

މުޖުތަމަޢުގައި ދިރިއުޅޭ، އަމިއްލަ ޒަރޫރީ ޙާޖަތްތައް ފުއްދުމުގައި ދަތި ކަން ތަޙައްމަލު ކުރަމުންދާ ޢާއިލާތަކަށް އެހީތެރިވެ ލުއިކަން ހޯދައިދިނުމުގެ މަޤްޞަދުގައި މި ރަމަޟާންމަހު، ޚާއްޞަ ޙަރަކާތެއް ހިންގުމަށް ޖަމްޢިއްޔަތުއްސަލަފުން ނިންމައިފިއެވެ.

މުޅި ރާއްޖެއަށް ޢަމާޒު ކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، އެއްމަސް ދުވަހުގެ (ރަމަޟާން މަހަށް) ކާބޯތަކެތި ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ޕޮއިންޓު ލިބޭ އުސޫލުން ކުރިއަށްގެންދާ މިޕްރޮގްރާމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި ، ޝަރުޠު ހަމަވާ ފަރާތްތަކުން ފޯމެއް ފުރުއްވަން ޖެހިވަޑައިގަންނަވާނެއެވެ. ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 10 މެއި 2018 އެވެ.
ރަމަޟާންމަހަކީ، ހެޔޮކަމުގެ މައްސަރު ކަމުގައިވެފައި، މުދަލުން ޞަދަޤާތްކޮށް، ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިލައްވާ އެތައް ބަޔަކު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ތިބިކަން ފާހަގަ ކުރަމެވެ. “ސަނާބިލް” ޕުރޮގުރާމްގެ ބޭނުމަކީ އެފަދަ ފަރާތްތަކުން ހެޔޮކަމުގައި ހޭދަކުރުމަށް އޮތް ދަތިކަން ފިލުވައިލަދީ، އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ. “ސަނާބިލް”ގެ ކަންކަން އަޅުގަނޑުމެންގެ ޢިލްމުވެރިންގެ އެހީތެރިކަމާއެކު، އިދާރީގޮތުންވެސް ހަރުދަނާ އުޞޫލެއްގެ މަތީން ކުރިޔަށްގެންދެވޭ ޕުރޮގުރާމަކަށް ވީހިނދު، މި ހެޔޮކަމުގައި، ހޭދަކުރައްވަން އެދިލައްވާ ފަރާތްތަކުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް ލިބިގެންދެއެވެ.
މި ޕުރޮގުރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅަންޖެހޭ ޚާއްޞަ ފޯމެއް ފުރަންޖެހޭނެއެވެ. ފޯމުގައިވާ މަޢުލޫމާތު ދިރާސާކޮށް، ޕޮއިންޓްދޭ އުޞޫލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައވާ މި ޕޮގުރާމުގައި ބައިވެރިވެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކަށެވެ. ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 މެއި 2018 އެވެ.
އަޅުގަނޑުމެންގެ މި ޕްރޮގްރާމަކީ ، ބައެއް ވިޔަފާރިވެރިންނާއި ހެޔޮއެދޭ އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިފުރުޞަތުގައި އެފަރާތްތަކަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.
މިޕްރޮގްރާމަށް ހުށައަޅަންޖެހޭ ފޯމު، މިހާރު ޖަމްޢިއްޔާގެ ވެބްސައިޓުންނާއި ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި ޖަމްޢިއްޔާގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.

“ސަނާބިލް” ފޯމު ޑައުންލޯޑު ކުރައްވުމަށް “ދިރިއުޅުމުގެ ޙާލަތު ބަޔާންކުރާ ފޯމު