މުސްލިމު ނޫން ބައެއްގެ ކިބައިން ޙުކުމް ހޯދުމަށް ދިއުމާއި އެފަދަ ޤާނޫނެއް މުސްލިމުންގެ މައްޗަށް ހަދައި ލާޒިމުކުރުމަކީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއްނޫންކަމަށް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ޖިނާޢީ މައްސަލަތުގައި އިންޑިއާ އާއި ރާއްޖެއާއި ދެގައުމުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުއާހަދާގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމެޓީން ފާސްކުރުމާއިގުޅިގެން އެކަމަށް ޢިޝާރާތްކުރައްވައި ކުރެއްވި ޓްވީޓެއްގައި އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ ﷲ ގެ ޝަރްޢު ދޫކޮށް، މުސްލިމު ނޫން ބައެއްގެ ކިބައިން ޙުކުމް ހޯދުމަކީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާނެ ކަމެއްނޫންކަމަށެވެ.
“ﷲ ގެ ޝަރްޢު ދޫކޮށް، މުސްލިމު ނޫން ބައެއްގެ ކިބައިން ޙުކުމް ހޯދުމަށް ދިއުމާއި އެފަދަ ޤާނޫނެއް މުސްލިމުންގެ މައްޗަށް ހަދައި ލާޒިމުކުރުމަކީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއްނޫނެވެ.” ޝައިޚް ލަޠީފް ވިދާޅުވެފައިވެއެވެ.
ﷲ ގެ ޝަރްޢު ދޫކޮށް، މުސްލިމު ނޫން ބައެއްގެ ކިބައިން ޙުކުމް ހޯދުމަށް ދިއުމާއި އެފަދަ ޤާނޫނެއް މުސްލިމުންގެ މައްޗަށް ހަދައި ލާޒިމުކުރުމަކީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއްނޫނެވެ. pic.twitter.com/SPCCUk6Qiy
— Muhmmadh Latheef (@muhammadhlathyf) July 2, 2019