މާތް ﷲގެ ހައިބަވަންތަކަން

އަޅުގަނޑުމެންކުރާ ނަމާދުތަކުގައި އެންމެ ގިނައިން ކުރެވޭ ޒިކުރާމެދުވިސްނާލެއްވިންތޯއެވެ؟ 

ނަމާދަށް ބަންގިގޮވާލުމުން ފެށިގެން،ފަރުޟުނަމާދުތަކަށްފަހުގައި ކިޔާ ޒިކުރުތަސްބީޙައަށް ދާންދެން އެންމެގިނައިން ކިޔުމަށް އައިސްފައިވާ ޒިކުރަކީ الله أكبر. (އެންމެހާއެއްޗަކާއި އެންމެހާ ކަމަކަށްވުރެ އެންމެ ބޮޑީ ﷲއެވެ.) 

މި ޛިކުރެވެ. މި ޛިކުރު ނަމާދުގައި އެހާގިނައިން ތަކުރާރުވެފައިވުމުގެ ސިއްރަކީ ފަހެކޮބައިބާ؟ އެ ޛިކުރުން ދޭހަކޮށްދެނީ ކޮންކަމެއްބާއެވެ؟

ތިބާ އެބިމެއްގެ މަތީގައި ހިނގާބިނގާވެ އުޅޭ މި ބިމަކީ ތިބާގެނިސްބަތުން ބޮޑު ބިމެކެވެ. ދުވާލު ގަޑީގައި ތިބާއަށް ފެންނަ އިރަކީ މިބިމުގެ 

އެއްމިލިޔަން ތިންލައްކަ ބިމުގެ ބޮޑުކަން ހުރި އިރެކެވެ.އެހެންވެއްޖެކަމުގައިވާނަމަ، މި ކާއިނާތުގެ ބޮޑުކަމާމެދު ތިބާވިސްނާލައްވާށެވެ.

 ތިބާގެ ބޯމަތީގައިވާ އުޑުގެ ތަނަވަސްކަމަކީއިންސާނުންނަށް ކަނޑައެޅިގެން ދެނެގަތުމަށް ނުކުޅަދާނަ އުޑެކެވެ. 

އޭގެމައްޗަށް ހަތް އުޑު މާތް ﷲ ލައްވަވާފައިވާއިރު މި ކައުނުގެ ބޮޑުކަންތަސައްވުރުކޮށްލައްވާށެވެ. ތިބާ ހިއްސާތިކުރަނީ މިކައުނުގެ

 ކިހާކުޑައިންސައްތައެއްކަން ވިސްނަވާލައްވާށެވެ.

ލޮބުވެތި އަޚާއެވެ! މިބޮޑުވެގެންވާ ކައުނަށްވުރެ މާތް ﷲގެ ކުރުސިކޮޅުތަނަވަސްވެގެންވެއެވެ. އާޔަތުލްކުރުސީގައި އެކަލާނގެ ވަޙީކުރައްވާފައިވަނީ

 ((وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ)) މާނައީ: “އެކަލާނގެކުރުސިކޮޅު، އުޑުތަކާއި، ބިމަށްވުރެ ތަނަވަސްވެގެންވެއެވެ.” 

މާތް ﷲގެ ކުރުސިކޮޅު މިހާ ހައިބަތު ބޮޑުވެގެންވާއިރު، އަދި މިއަށްވުރެއެކަލާނގެ ޢަރުޝި ބޮޑުވެގެންވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވޭ((وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ)) (الحاقة:17) މާނައީ: “އެދުވަހުން(އެބަހީ: ޤިޔާމަތްދުވަހުން) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަރުޝިފުޅު،އެބޭކަލުންގެ މަތީގައި އުފުއްލަވާނީ، 8 މަލާއިކަތުންނެވެ.”

 ރަސޫލުﷲޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްގައި އައިސްފައިވެއެވެ. “ﷲތަޢާލާގެ ޢަރުޝި އުފުއްލަވާ މަލާއިކަތުންކުރެ މަލާއިކަތަކާބެހޭގޮތުންޚަބަރުދެއްވުމުގެ އިޒުނަ ތިމަންކަލޭގެފާނަށް ދެވުނެވެ.

 އެ ބޭކަލެއްގެކަންފަތްޕުޅުގެ ފޫޅާއި ކޮނޑުފުޅާ ދެމެދުގައި 700 އަހަރުގެދުރުމިންހުރެއެވެ.” سبحان الله!

އެހެންކަމުން، އެ މަތިވެރިވެގެންވާ ޢަރުޝީގެމަތީގައި ވޮޑިގެންވާފަރާތުގެ ހައިބަތާމެދު ފިކުރުކޮށްލައްވާށެވެ. 

އެކަލާނގެއަށްވުރެ ހައިބަތުބޮޑު ފަރާތެއްނުވެއެވެ.

އޭ މުސްލިމުންނޭވެ! މިފަދަ ހައިބަވަންތަ ފަރާތެއްގެ ޙަޟްރަތުގައިތިބާއަށް ގަދަކަން ދައްކައި، އެކަލާނގެއަށް އުރެދި އުޅެވޭނީކިހިނެއްތޯއެވެ. 

މިފަދަ މާތް، މަތިވެރި، ހައިބަވަންތަ ފަރާތެއްގެޙަޟްރަތުގައި ނިކަމެތިވެ، މަޑުމޮޅިވުމަށްޓަކައި ނަމާދަށް ގޮވާލެވޭހިނދުތިބާ ކޮބައިހެއްޔެވެ؟ الله

أكبرގެ މި ލަފްޒު އަޑުއިވުމާއެކު، އެފަރާތަށްމަޑުމޮޅިކަމާއެކު އަޅުކަންކުރުމަށްވުރެ ބޮޑުކަމެއް އޮންނާނީކިހިނަކުންހެއްޔެވެ؟

 ނަމާދުގެ ތެރޭގައި މި ލަފްޒު ތިބާގެ ދުލުން އެތައްފަހަރަކު ތަކުރާރުކުރެވޭއިރު، އެކަލާނގެ މަތިވެރިކަމާމެދު

 ވިސްނާ،ޚުޝޫޢަތްތެރިވުމަށްވުރެ އެހެން ފަރާތްތަކާމެދު، ނުވަތައެހެންކަންކަމާމެދު ވިސްނާ، ފިކުރުކުރެވޭނީ ފަހެ ކޮންފަދައަކުންތޯ؟

މާތް ﷲގެ މަތިވެރިކަމާއި، ހައިބަވަންތަކަމުގެ ބޮޑުކަމާއެވެ! ﷲއަކްބަރު