ރޭޕުކުރުން ހުއްޓުވާނީ ކިހިނެއް؟

އިސްލާމީވެށި ގެނަމުގައި ޖަމްޢިއްޔަތުއްސަލަފުން ކޮންމެ ހަފްތާއަކު ކުރިއަށްގެންދާ ޕްރޮގްރާމުގައި މިހަފްތާގެ މައުޟޫއަކީ “ރޭޕްކުރުން ހުއްޓުވާނީ ކިހިނެއް؟” މިއެވެ. 

ކޮންމެ ހަފްތާއެއް ހުކުރުދުވަހު ރޭގަނޑު 10 ފެށިގެން 11 އަށް ކުރިއަށްގެންދާ މި ޕްރްގްރާމަކީ ޤައުމުގެ އިޖްތިމާޢީ ކަންތައްތަކާއި އަދި މުޖްތަމަޢުގައި އެއިރަކު އޮންނަ އެންމެ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލައި އަދި އެކަންކަމުގައި ދީނީ ގޮތުން އޮތް ޙައްލު ބުނެދިނުމުގެ މަޤްޞަދުގައި ކުރިއަށްދާ ޕްރޮގްރާމެކެވެ. ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ކުރިއަށްދާ މި ޕްރޮގްރާމަކީ ޢާއްމުންނަށް ސުވާލު ކުރެވޭގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

“އަޞްލު މިއީ ޝަރުޢީ ނުވަތަ ދީނީ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމަކަށްވުރެ ބޮޑަށް ޤައުމުގައި އެއިރެއްގައި އޮންނަ އިޖްތިމާޢީ މައްސަލަތަކާއިމެދު ދީނީ ދަންނަބޭކަލުންގެ ރައުޔު ހާމަ ކޮށްދީ އެފަދަ މައްސަލަތައް ޙައްލުކުރުމުގައި ދީނުގައިވަނީ ކޮންކޮން ގޮތްތަކެއްތޯ ހާމަކުރުން.” ޖަމްޢިއްޔަތުއްސަލަފުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

މިހަފްތާގެ ޕްރިގްރާމުގައި ބައިވެރިވެވަޑައިގަންނަވާނީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އަދި އައްޝައިޚް ޙަސަން މޫސާ ފިކްރީ އެވެ.