އިސްލާމްދީނަށް ފުރައްސާރަކޮށް އެދީނުގެ އަސްލުތަކަށް އިންކާރުކުރާ މީހުންނާ ބައިވެރިވެގެން އަޅުގަނޑުމެންގެ މުޖްތަމަޢުން ނައްތާލެވޭނެ އަނިޔާވެރިކަމެއް ނޯންނާނެކަމަށާއި އެންމެ ބޮޑު އަނިޔާވެރިކަމަކީ ﷲ އަށް ޝިރުކު ކުރުންކަމުގައި އައްޝައިޚް މުޖްތަބާ ހަމީދު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއިން ރޭ ގެނެސްދިން ’29 މިނެޓް’ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޖްތަބާ ވިދާޅުވިގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅުތައް އެއީ އަނިޔާވެރިކަމެއްގެ ގޮތުގައި ބުނާ ބަޔަކާ ބައިވެރިވެގެން އަޅުގަނޑުމެންގެ މިމުޖްތަމަޢުން އަނިޔާވެރިކަން ނައްތާލެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ.
“އިސްލާމްދީނުގެ ޝިޢާރުތަކަށް ފުރައްސާރަކޮށް، އެދީނުގެ ބޮޑެތި ޤަޠުޢީ ހައްދުތަކަށް އިންކާރުކޮށް، އިސްލާމްދީން ނޫން އެހެންދީންތައް މި ޤައުމަށް ގެނައުމަށް ބުނާބަޔަކާ ބައިވެރިވެގެން ކިހިނެއްތޯ އަނިޔާވެރިކަމުގެ ވާހަކަ ދައްކާނީވެސް. އަޅުގަނޑަކަށް ނުވިސްނޭ ހަމަ އެއްގޮތަކަށްވެސް އެބުނާ އަނިޔާވެރިން ނައްތާލެވޭނެ އެއްވެސް ހަމައެއް.
ނަފްސުގެ ޖިހާދުގެ މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޖްތަބާ ވިދާޅުވީ އެއްވެސް ޝައްކެއްނެތްގޮތުގައި އެންމެ މަތިވެރި ޖިހާދަކީ ﷲ ގެ ދީން ޙިމާޔަތްކުރުމަށް ކާފަރުން ނުވަތަ އިސްލާމްދީނުގެ ޢަދާވާތްތެރިންނާއި ދެކޮޅަށް ކުރެވޭ ޖިހާދު ކަމަށާއިނަމަވެސް ކާފަރުންނާއިދެކޮޅަށް ޖިހާދު ކުރުމަށްޓަކައި ނުވަތަ އެ މަރުޙަލާއަށް ދިއުމަށްޓަކައި އެންމެފުރަތަމަވެސް އަޅުގަނޑުމެންގެ ނަފްސު އިސްލާޙް ކުރަން ޖެހޭކަމަށެވެ. އަދި އަޅުގަނޑުމެންގެ ނަފްސުގައި ހުރި ނޭއްގާނީ ކަންތައްތައް އިސްލާޙްނުކޮށް ހަގީގީ ޖިހާދު ކުރަން އުނދަގޫވާނެކަމަށް ޝައިޚް ވިދާޅުވިއެވެ.