
“އޭ އާދަމުގެ ދަރިޔާއެވެ! އޭގައި ހިފާށެވެ. ފަހެ ތިބާގެ ހިތެއް ނުފުރޭނެއެވެ.”
- ލިޔުނީ: އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ
- ތާރީޚް: 02/06/2019
ރަސޫލާ صلى الله عليه وسلم ޚަބަރުދެއްވަނީ ސުވަރުގެވަންތަވެރިން ކުރެ މީހަކު އެތަނުގައި ދަނޑު ގޮވާންކުރަން ބޭނުންވާނެކަމުގައެވެ. އޭނާ އެތަނުގައި އޮށެއް އިންދާއިރަށް ދަނޑުގޮވާންކުރުމުގެ ހުރިހާ މަރުޙަލާއެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިމިގެން ދާނެއެވެ.